ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ
ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. މި ހިދުމަތް ދެނީ މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.
24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.