ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު އަންނަނީ އިތުރުވަމުން!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 40ސ
ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު އަންނަނީ އިތުރުވަމުން!

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.

މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް އައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ މޫމަންޓްސް އުޅެނީ 1630 ގައެވެ. މީގެތެރެއިން 1418 ދަތުރަކީ ޝެޑިއުލްކޮށްގެން ކޮށްފައިވާ ދަތުރުތަކެކެވެ. އަދި 212 ދަތުރަކީ ޖެނެރަލް ފްލައިޓެވެ. ނުވަތަ ޝެޑިއުލްކުރުމަކާއި ނުލާ ކޮށްފައިވާ ދަތުރުތަކެވެ. މީގެތެރޭގައި އެއަރލައިންތަކުންކުރާ ޗާޓަރ ދަތުރުތަކާއި އަދި ޕްރައިވެޓް ޖެޓްތައްވެސް ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 192،385 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަދު އޮންލައިން