3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޭރުގެ ބޮޑު ބޯޓެއް މިފްކޯއިން ގެންނަނީ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 43ސ
3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޭރުގެ ބޮޑު ބޯޓެއް މިފްކޯއިން ގެންނަނީ!

3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޭރުގެ ބޮޑު ބޯޓެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ތިޔާގިވެފައިވާ ދުވަސްވަރެއްކަމަށް ވުމުން ރާއްޖެއިން ބޭރުގެ މަސްކިރާ ބޯޓެއް ރާއްޖެއަށް ގެންނައުމުގެ މަސައްކަތް ކުރަމުންދާކަމަށައި އަދި މި މަހު 3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެއް ރާއްޖެއަށް އަންނާނެކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނެފައިވަނީ ކޫއްޑޫގައި ބަނދަރުކުރާ މި ބޯޓަށް މަސްކިރަނީ ޔޫރަޕްގެ މާކެޓަކަށް ގެންދިޔުމަށްކަމާއި މަސްގަންނަ ކުންފުނިތަކުން މަސް ޓެސްޓުކުރާނީ ކޫއްޑޫ ބަނދަރުގައިކަމަށެވެ.

މަސްވެރިން މިދުވަސްވަރު ބާނާ މަސް ކެޕޭސިޓީ ނެތުމުން ނުކިރިގެން އުކާލަން ދިމާވާ މައްސަލަ މިއާއެކު ޙައްލުވާނެކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން