އެއަރ އެމްބިއުލެންސްގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށިން ހާލުދެރަ ބަލި މީހަކު މާލެ ގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
އެއަރ އެމްބިއުލެންސްގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށިން ހާލުދެރަ ބަލި މީހަކު މާލެ ގެނެސްފި

އެއަރ އެމްބިއުލެންސްގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށިން ހާލުދެރަ ބަލި މީހަކު މާލެއަށް ގެނެސްފިއެވެ.

މިކަމާގުޅެން ހެލްތު މިނިސްޓްރީން ބުނެފައިވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ޓީމުން ފުރަތަމަ އިމަޖެންސީ މެޑިކަލް އިވެކުއޭޝަން ކާމިޔާބުކަމާއެކު ނިންމާލައި، ހާލުދެރަ ބަލިމީހަކު އެއާ އެމްބިއުލާންސް މެދުވެރިކޮށް ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން މާލެއަށް ގެނެސްފައިވާކަމަށެވެ.

މިއަދު މިހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާ ކަމަށާއި މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން