ތިން ދާއިރާއަކަށް ބަހާލައިގެން ޔޫތު ހެކެތޮން މިއަދު ފަށައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިން ދާއިރާއަކަށް ބަހާލައިގެން ޔޫތު ހެކެތޮން މިއަދު ފަށައިފި

އަގުހުރި އިނާމަކާއެކު ތިން ދާއިރާއަކަށް ބަހާލައިގެން ޔޫތު ހެކެތޮން މިއަދު ފަށައިފިއެވެ.

މި ހަރަކާތް ފައްޓަވައި ދެއްވީ މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އެވެ.

މި ހެކެތޯން ބަހާލަފާއިވާ ތިން ދާއިރާއަކީ ކުދި ވިޔަފާރިތަކަށް އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމާއި، ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުމެވެ. އަދި ކޮންޓެންޓް ކްރިއޭޓަރުންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ބާރުވެރިކުރުވައި ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ދައްކާލުމާއި ކޮންޓެންޓެއް އުފައްދައި ޑިސްޓްރިބިއުޓް ކުރުމުގެ މަގު ފަހިކޮށްދިނުންވެސް ހިމެނެއެވެ.

ދެ ދުވަހަށް ކުރިއަށްދާ މި ހެކެތޯންގައި 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މީގެ ތެރޭގައި ހަމައެކަނި އަންހެނުން ހިމެނޭ ޓީމެއްވެސް ހިމެނެއެވެ.

މި ހަރަކާތް ފައްޓަވައި ދެއްވާ ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ރާއްޖެއަކީ މީސްކޮޅު މަދު ކުޑަ ގައުމަކަށްވީ ނަމަވެސް ފަންނުވެރި ޒުވާނުންތަކެއް މިގައުމުގައި ތިބިކަން ހޯދަމުންދާ ބައިނަލް އަގުވާމީ ވަނަތަކުން ހާމަވާ ކަމަށެވެ. އަދި މި ހެކެތޯންގެ ތިން ދާއިރާއިން ވެސް ބޭނުންތެރި އަދި އުފެއްދުންތެރި ހިޔާލުތަކެއް ލިބި އޭގެ ފައިދާ މުޖްތަމައުއަށް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިުއެވެ.

މި ހެކެތޯނުން އެއްވަނަ އަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ

މިއަދު އޮންލައިން