މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި ދިވެހިން ވީ ގުރުބާނީ ގެ އަގު ލިބެން ފަށައިފި: ޝައްމާން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި ދިވެހިން ވީ ގުރުބާނީ ގެ އަގު ލިބެން ފަށައިފި: ޝައްމާން

މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި ދިވެހިން ވީ ގުރުބާނީ ގެ އަގު ލިބެން ފަށައިފި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

ޝައްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފައިސާ ޗާޕު ކުރުން މިހާރު ވަނީ ހުއްޓާލާފައިވާ ކަމަށާއި ދަރަނިން އަރަނި ވާން ފަށައިފި ކަމަށެވެ. އަދި އިންގިލާބީ ބަދަލުތައް ފެންނަން ފަށާފައިވަަ ކަމަށް ވިދާޅުވިއެވެ.

"ދުވެލި ހުރީ މިހާރުގެ ގޮތުން ބުނާނަމަ ރައީސް މުއިއްޒު ދުވެލީގައި. ދިވެހިން މިދިޔަ ރިޔާސީ އިންތިހާބުގަ ވީ ގުރުބާނީ ގެ އަގު ލިބެން ފަށައިފި." ޝައްމާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއިއެކު ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާކަން ވަނީ އިއުލާނުކުރައްވާފައެވެފައިސާ ޗާޕުކުރުން ހުއްޓާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިގްތިސާދީ ތަދުމަޑުކަން ދިމާވުމާއެކު ކުރީ ސަރުކާރުން އެދިގެން ރައްޔިތުންގެ މަޖިލީހުން ދެ ފަހަރެއް މަތިން އަހަރު ދުވަހަށް ފައިސާ ޗާޕު ކުރުމުގެ ހުއްދަ ދިނެވެ. އަދި ތިން ވަނަ ފަހަރަށް ދިން ފައިސާ ޗާޕު ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ ޑިސެމްބަރަށް ވަނީ ނިމުމަކަށް ގެނެސްފައެވެ.

އެއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ހަމަ އެ ގާނޫނުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެކެވެ.

މި ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން، އޯވަޑްރޯ ކުރެވޭނީ އެންމެ ފަހު ތިން އަހަރުގެ ދައުލަތުގެ އާމްދަނީގެ އެއް އިންސައްތައެވެ. އަދި އެ އަދަދު އެމްއެމްއޭއަށް 91 ދުވަހުގެ ތެރޭގައި ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެއެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ދައުލަތުގެ އާމްދަނީ ދަށްވުމުން، އަހަރު ދުވަހަށް އެ މާއްދާ އިސްތިސްނާ ކޮށްދޭން ސަރުކާރުން އެދުނީއެވެ.

މިއަދު އޮންލައިން