ރައްޔިތުން އުފުލަމުންއައި ޒަމާންވީ ބޮޑު ތަކުލީފެއް އެއަރ އެމްބިޔުލާންސްގެ ޚިދުމަތާއެކު ނިމުމަކަށްއައީ: އާދަމް ޝަރީފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރައްޔިތުން އުފުލަމުންއައި ޒަމާންވީ ބޮޑު ތަކުލީފެއް އެއަރ އެމްބިޔުލާންސްގެ ޚިދުމަތާއެކު ނިމުމަކަށްއައީ: އާދަމް ޝަރީފް

ރައްޔިތުން އުފުލަމުންއައި ޒަމާންވީ ބޮޑު ތަކުލީފެއް އެއަރ އެމްބިޔުލާންސްގެ ޚިދުމަތާއެކު ނިމުމަކަށްއައީ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރ،އަތޮޅާއި ބ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެއަރ އެމްބިޔުލާންސްގެ ޚިދުމަތް ފެށުމާއެކު ރައްޔިތުން ކުރިން އުފުލި ބޮޑު ތަކުލީފާއި އުނދަގޫތަކަށް ހައްލުލިބި، ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ "މީގެ ކުރިން ބަލި މީހުން އުފުލުމަކީ ބޮޑު ތަކުލީފަކަށް ވެފައި އޮތް ކަމެއް. މިވީ ކުޑަ މުއްދަތުގެ ތެރޭގައި އެއަރ އެމްބިޔުލާންސް ތަޢާރަފްކުރައްވާ، ރައްޔިތުންގެ ހިތްތަކަށް ބޮޑު ފިނިކަމެއް ރައީސް އެ ގެނެސްދެއްވީ." ކަމަށެވެ.

އެއަރ އެމްބިއުލެންސްގެ ހިދުމަތް މިއަދު ފަށާފައިވާއިރު ފުރަތަމަ ދަތުރުގައި ކުޅުދުއްފުށިން ހާލުދެރަ ބަލި މީހަކު ވަނީ މާލެއަށް ގެނެސްފައެވެ. އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާއިރު މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނެކެވެ.

 

 

މިއަދު އޮންލައިން