މައިކަލް ބަލަކްގެ ފުޓްބޯޅައިގެ ތަޖުރިބާ އޭދަފުށީ ކުޅުންތެރިންނާ ހިއްސާކޮށްފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 51ސ
މައިކަލް ބަލަކްގެ ފުޓްބޯޅައިގެ ތަޖުރިބާ އޭދަފުށީ ކުޅުންތެރިންނާ ހިއްސާކޮށްފި!

ޖަރުމަންވިލާތުގެ ކުރީގެ ކެޕްޓަން މައިކަލް ބަލަކްގެ ފުޓްބޯޅައިގެ ތަޖުރިބާ އޭދަފުށީ ކުޅުންތެރިންނާ ހިއްސާކޮށްފިއެވެ.

ބަލަކް އާއެކު ތަމްރީނު ޕްރޮގްރާމެއް އޭދަފުށީގައި ހިންގާފައިވަނީ އޭނާ ޗުއްޓީ ހޭދަކުރަމުންދާ ސޮނޭވާފުށި ރިސޯޓުގެ އެޙީތެރިކަމާއެކުގައެވެ.

ފުޓްބޯޅައިގެ ތަޖުރިބާ އޭދަފުށީ ކުޅުންތެރިންނާ ހިއްސާކުރަމުން ބަލަކް ބުނީ މޮޅު ކުޅުންތެރިއަކަށް ވާން ބޭނުންވާނަމަ އަމިއްލައަށް އެކަންދެކެގެން ކުރިއަށްދާ ކޮންމެ ކުޅުންތެރިއަކަށް، އެ މަގަށް ވާސިލުވެވޭނެ ކަމަށާއި ވަސީލަތްތައް އެރަށުގައި އެބައޮތް ކަމަށާއި، ދެން ބޭނުންވަނީ ކޯޗުންގެ އިރުޝާދުތަކަށް ބޯލެނބުމާއެކު ކުޅިވަރުގެ އަޙްލާގު ހިފެހެއްޓުން ކަމަށެވެ.

ފުޓްބޯޅައިގެ ވަސީލަތާ އެއްވަރަށް އެ ކުދިން ތަމްރީނުކުރާނެ ކޯޗުންވެސް ބޭނުންވާނެކަން ބަލަކް ފާހަގަކުރިއެވެ.

އޭދަފުށީގައި އަޅާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގައި މިދިޔަ މަހު ވަނީ މިހާރު ބަޔާން މިއުނިކުގެ ކޯޗް ތޯމަސް ޓުޗެލްވެސް އެ ރަށު ކުދިންނަށް ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ.

މިއަދު އޮންލައިން