އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ރޮނގުން ރައްޔިތުން ހާސިލުކުރަން ބޭނުންވާ ކަންކަން ދަނީ ހާމަވަމުން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ރޮނގުން ރައްޔިތުން ހާސިލުކުރަން ބޭނުންވާ ކަންކަން ދަނީ ހާމަވަމުން: ރައީސް

އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ރޮނގުން ރައްޔިތުން ހާސިލުކުރަން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގެ ތެރެއިން ރ.އިނގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުން ދެއްވާ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި ސަރުކާރާއި ހަވާލުވެވަޑައިގެން މިވީ 3 މަސްދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތަކީވެސް އެމަހުން ކުރެއްވި މަސައްކަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރައްޔިތުން ބޭނުންވާ ކަންކަމުގެ ފުރިހަމަ މައްޒަރެއް ފެނިގެން މިދަނީ. މީގެސަބަބުން ސީދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެތެރެއިން މަސައްކަތް ކުރުމަށް އެބަ ފަސޭހަވޭ. މިހާރުވެސް މި ކަމުގައި ފިޔަވަޅުތައް އަޅާން ފަށައިފިން. މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން