ރޯދަމަހު ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކުން ޙިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 36ސ
ރޯދަމަހު ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކުން ޙިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފި

އިކޮނޮމިކް މިނިސްޓްރީ އިން ރޯދަމަހު ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކުން ޙިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީ އިން ވިދާޅުވީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށްކަމަށާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށްކަމަށެވެ.

މީގެއިތުރުން ރޯދައަށްފަހު ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށްކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން