ރާއްޖެއާއި ޗައިނާއިން އަސްކަރީ އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ވަޒީރު މުހައްމަދު ޣައްޞާން މައުމޫންއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮފީސް ފޮރ އިންޓަރނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓި ޑިރެކްޓަރ، މޭޖަރ ޖެނަރަލް ޖަންގ ބައުހުއާންއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުންތައް ބަދަހިވެގެންދާނެކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ އަސްކަރިއްޔާގެ އިސްވެރިންނާއި ޗައިނާގެ އަސްކަރިއްޔާގެ އޮފިސަރުންނާއި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.