ޖަޕާނުން ޝީ އަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ޖަޕާނުން ޝީ އަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފި

"ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ގެ ދަށުން ރާއްޖޭގެ ޞިއްޙީ ދާއިރާކުރިއެރުވުމަށް ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ) އަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން މި އެހީއާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. ރާއްޖެއިން ސޮއިކުރެއްވީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ޗީފް އެގްޒެކެޓިން އޮފިސަރ އިޔާޝާ ލީނާއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޝީގެ ތެލިސީމިއާ އެންޑު ޑައިގޮނޯސްޓިކް ލެބޯރެޓަރީއަށް ބޭނުންވާ ޒަމާނީ 10 އިކުއިޕްމަންޓެއް ހޯދާން ހަމަޖެހިފައިވެއެވެ. އެގޮތުން ޖީން ސީކުއެންސް ޓެކްނޮލޮޖީ އާއި އާއިލާ ރޭވުމާބެހޭ ކުލިނިކުގައި ސްކޭންގެ ޚިދުމަތް ތައާރަފްކުރުން ހިމެނޭ ކަމަށެވެ.

މިއަދު އޮންލައިން