ރާއްޖޭގެ 100 ރަށެއްގައި ކުނި މެނޭޖް ކުރުމުގެ މަރުކަޒުތައް މިއަހަރު ނިމުމުގެ ކުރިން ޤާއިމްކޮށް ނިމޭނެ: މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ރާއްޖޭގެ 100 ރަށެއްގައި ކުނި މެނޭޖް ކުރުމުގެ މަރުކަޒުތައް މިއަހަރު ނިމުމުގެ ކުރިން ޤާއިމްކޮށް ނިމޭނެ: މިނިސްޓަރ

ރާއްޖޭގެ 100 ރަށެއްގައި ކުނި މެނޭޖް ކުރުމުގެ މަރުކަޒުތައް މިއަހަރު ނިމުމުގެ ކުރިން ޤާއިމްކޮށް ނިމޭނެ ކަމަށް ސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސްގެ ހަފްތާ 14ގައި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަމުންނެއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 100 ރަށެއްގައި ކުނި މެނޭޖް ކުރުމުގެ މަރުކަޒުތައް މިއަހަރު ނިމުމުގެ ކުރިން ޤާއިމްކޮށް ނިމޭނެކަމަށާއި މީގެ ތެރެއިން 54 ރަށަކީ މުޅިން އަލަށް ކުނި މެނޭޖް ކުރާ މަރުކަޒުތައް ޤާއިމްކުރާ ރަށްތަކަށްވާއިރު އަނެއް 44 ރަށަކީ އިތުރަށް މަރާމާތުކޮށް އިތުރަށް ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭ ރަށްތައްކަމަށެވެ.

މި 100 ރަށަށް ބޭނުންވާ ވަސީލަތްތައްވެސް މިޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށާއި ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު މީގެ ތެރެއިން 3 ސަރަހައްދެއްގައި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖް ކުރެވޭނެ މަރުކަޒުތައް ގާއިމް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވީ ވިދާޅުވިއެވެ.

މިއަދު އޮންލައިން