ޓެންޒެނިޔާގެ ކުރީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 40ސ
ޓެންޒެނިޔާގެ ކުރީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޓެންޒެނިޔާގެ 2 ވަނަ ރައީސް އަލީ ހަސަން މުވައިންޔީ އަވަހާރަވުމާއި ގުޅިގެން އެ ޤައުމުގެ ރައީސް ސަމިއާ ސުލުހް ހަސަންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޓެންޒެނިޔާގެ 2ވަނަ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާ އެކުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޓެންޒޭނިއާގެ ރައީސް މުވައިންޔީއަކީ އެޤައުމުގެ ތާރީޚުގައި ނަންފެވިފައިވާ އަދި އެމަނިކުފާނުގެ މުޅި ހަޔާތްޕުޅުގައި އެޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރައީސް މުވައިންޔީގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވަމުންނެވެ. 

މިއަދު އޮންލައިން