ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްފީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ ހަތަރަކުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ބޭރަށް ހިންގުމުގެ 674 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި މިދިޔަ މަހުގެ 11 އިން 17 ވަނަ ދުވަހަށް ބަލީގެ 547 ކޭސް ރިޕޯޓުކޮށްފާވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ގެ ނިޔަލަށް 965 ކޭސް ރިޕޯޓުކޮށްފައިވާކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި މާލެގައި ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ދުވަސްވަރު ގިނަ މީހުން އެއްވެ، ކާބޯތަކެތި ތައްޔާރުކޮށް ކައިހަދާއިރު ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވީހާވެސް ގިނައިން އަތްދުވުމަށާއި މީހުން އެއްވެ އުޅޭތަންތަނަށް މަޖުބޫރުވެގެން ނޫނީ ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފަހުން އަތޮދޮވުމަށާއި ބަލި މީހަކަށް ހިދުމަތްކުރުމަށް ފަހުގަޔާއި ކުނި އުކާލުމަށް ފަހުގަޔާއި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކުރިއަށް އޮތީ ރަމަޟާން މަހަށް ވުމާއެކު އެންމެހާ ފަރާތްތަކުން މިކަންކަމަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މިއަދު އޮންލައިން