ދަމުނަމާދު އެންމެ ކުރުކޮށް ކުރާނެ ގޮތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދަމުނަމާދު އެންމެ ކުރުކޮށް ކުރާނެ ގޮތަކީ ކޮބައިތޯ؟

ދަމުނަމާދު އެންމެ ކުރުކޮށް ކުރާނެ ގޮތަކީ ކޮބައިތޯ؟ 

ސުވާލުގެ ޖަވާބަކީ އެންމެ 2 ރަކްއަތް ކުރިޔަސް ފުދޭނެއެވެ. ދިގުކުރަން ބޭނުންވާ މީހާ 2 ރަކްޢަތުން ސަލާމްދެމުން ކުރިއަށް ގެންދަންވީއެވެ. ނިންމާލަން ބޭނުންވުމުން މަދުވެގެން ވިތުރިގެ 1 ރަކްޢަތްކޮށްފައި ނިންމައިލާނީއެވެ.   

ސުވާލު:. ދަމުނަމާދުގެ ދެރަކްޢަތުން ސަލާމް ދެމުން ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟ އަދި އޭގެ ފަހުން ވިތްރީގެ ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟

ޖަވާބު:. އާދެ! ދަމުނަމާދުގައި ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުންގޮއްސަ ހަމަ ކިތަންމެ ބައިވަރު ރަކްޢަތެއްވެސް ކުރެވިދާނެ. ވަކި ޢަދަދެއް ކަނޑައެޅިފައެއް ނެތް. އެހެންވީމާ ކުރާނީ ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުން އެގޮތަށް ކުރަމުންގޮސް ހަމަ ބޭނުންވަރަކަށް ކުރަންވީ.

ވިތުރީގެ އިންނާނީ އޮނަހިރި ޢަދަދެއް އެހެންވީމާ އެއީ އެކެއް، ތިނެއް، ފަހެއް، ހަތެއް، ނުވައެއް، އެގާރަ އެގޮތަށް ވިތުރީގައި ހަތަރު ރަކްޢަތެއް ނީންނާނެ. ވިތުރީގައި އިންނާނީ މިދެންނެވިހެން އޮނަހިރި ޢަދަދަކަށް ރަކްޢަތްތައް.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން