ޤައުމެއް ދެމެހެއްޓުމަށްޓަކައި ޤައުމިއްޔަތަކީ ކޮންމެހެން ދިރުވަންޖެހޭ އެއްޗެއް: ވަޒީރު އާދަމް ނަޞީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤައުމެއް ދެމެހެއްޓުމަށްޓަކައި ޤައުމިއްޔަތަކީ ކޮންމެހެން ދިރުވަންޖެހޭ އެއްޗެއް: ވަޒީރު އާދަމް ނަޞީރު

ޤައުމެއް ދެމެހެއްޓުމަށްޓަކައި ޤައުމިއްޔަތަކީ ކޮންމެހެން ދިރުވަންޖެހޭ އެއްޗެއް ކަމަށް ދިވެހިބަހާ ސަގާފީ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު އާދަމް ނަޞީރު ވިދާޅުވީ  ޤައުމެއް ދެމެހެއްޓުމަށްޓަކައި ޤައުމިއްޔަތަކީ ކޮންމެހެން ދިރުވަންޖެހޭ އެއްޗެއް ކަމަށާއި ދިވެހިންގެ ކިބައިގައި ވަނީ އެއް ހަނދާންތަކެއްކަމަށާއި ދިވެހިންނަކީ އެއްބައެއްގެ ގޮތުގައި ތިބި ޢާއިލާއެއް ކަމަށެވެ. 

ރާއްޖޭގެ ޒަމާންވީ ތާރީޚަށް ބަލައިފިނަމަ ދިމާވި ކޮންމެ ދައްޗަކުން ދިވެހިން އަރައިގަތީ އެއް ބައެއްގެ ގޮތުގައި ޤައުމީ ރޫޙެއްގައި ތިބެގެން ކަމަށާޢި އެގޮތުން ދިވެހިންނަށް ކުރިމަތިވި ބޮޑު ތަދާއި ބޮޑު ރޯގާއާއި ބޮޑު ވިއްސާރައިން ދިވެހިން އަރައިގަތީ ޤައުމީވަންތަކަމާއި، އެއްބައިވަންތަކަން އިސްކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމަށް ޢަދާވާތްތެރިވި ކޮންމެ ބަޔެއްގެ އަތުން ދިވެހިން، ދިވެހިންގެ ޤައުމު ސަލާމަތްކުރީ ވެސް ޤައުމިއްޔަތު އިސްކޮށް ޤައުމަށް އޮތް ލޯތްބެއްގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިކަންކަން އަންނަން އޮތް ޖީލުތަކަށް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރޗް މަހުގެ 6 ވަނަ ދުވަހެވެ.

 

 

މިއަދު އޮންލައިން