އަންނަމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
އަންނަމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށަނީ!

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ ޓްރިވެންޑުރަމާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަންނަމަހުގެ 12 ވަނަ ދުވަހު އަލުން ފަށާނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މިކަމާގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސް ވިދާޅުވީ މި ދަތުރުތަކާއެކު، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބި، އިޤްތިސާދީގޮތުންވެސް އެ ސަރަހައްދަށް ކުރިއެރުންތައް ލިބޭނެކަމަށެވެ.

އައިލެންޑު އޭވިއޭޝަނުން ބުނެފައިވަނީ  ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިވާއިރު ވެބްސައިޓާއި، މޯބައިލް އެޕް އަދި ޓިކެޓިން އޮފީސްތަކުން ޓިކެޓު ބުކް ކުރެވޭނެކަމަށެވެ.

 

މިއަދު އޮންލައިން