ކުރީގެ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށް: އެމްޓީސީސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުރީގެ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށް: އެމްޓީސީސީ

ކުރީގެ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ ކުރީގެ މެނޭޖްމަންޓުން ބައެއް މަޝްރޫޢުތައް ހިންގުމަށް މިދިޔަ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށްކަމަށާޢި ބައެއް ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނެގި މުއްދަތު އިތުރުކުރަމުން ގޮސް، އެ ތަކެތި ގަންނަން ހޭދަވާވަރަށް ކުލީގެ ގޮތުގައި ފައިސާ އަރާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫޢުތަކުން ކުންފުންޏަށް ލިބެންޖެހޭ ޢާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

އެމްޓީސީސީގެ ޑްރެޖިން ފްލީޓުގައި 5 ޑްރެޖަރު އޮތް ނަމަވެސް ރަނގަޅަށް މަސައްކަތްކުރަނީ އެންމެ ޑްރެޖަރެއް ކަމަށާއި އަދި 5 ބާޖެއްގެ ތެރެއިން 3 ބާޖެއްވެސް އޮތީ ފެތިފައިކަމަށް ޒިޔާދު ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ލޯނެއް ނަގައިގެން ދެތިން ހަތަރު ބާޖާއި 1 ޓަގު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

މިއަދު އޮންލައިން