ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހޯދަންޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދުމުގެ މަސައްކަތް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހޯދަންޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދުމުގެ މަސައްކަތް ފަށައިފި

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދިވެހި ދައުލަތަށް ހޯދަންޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގެ އާބިޓްރޭޝަން ކުރިއަށްދިޔައިރު އެކުންފުނީގެ ހަބަރެއްނުވާކަމަށާއި އަދި އެއްވެސް ބަޔާނެއްވެސް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެފައިސާ ހޯދުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށް އުޝާމް ވިދާޅުވިއެވެ.

މި މައްސަލައިގައި ވެންޓިލޭޓަރުގެ އަގަށްވާ ފައިސާ އާއި އެއްބަސްވުމާ ޚިލާފުވުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32 މިލިޔަން ރުފިޔާ ދައްކަން ޖެހޭކަމަށް އާބިޓްރޭޝަނުން ވަނީ ކަނޑައަޅާފައެވެ.

 

 

މިއަދު އޮންލައިން