އެސްޓީއޯ އިން ފިޔާ ކިލޯއެއް 17 ރުފިޔާއަށް ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ވިދާޅުވީ، މީގެކުރިން 20 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރުވަނީ 17 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށާއި ފިޔާ ބަސްތާއެއްގެ އަގު 320 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.
އެސްޓީއޯއިން ފިޔާގެ އިތުރުން އަލުވި ވިއްކަނީ ކިލޯއެއް 15 ރުފިޔާއަށެވެ. އަދި ކުކުޅު ބިސް ވިއްކާނީ ބިހެއް 1 ރުފިޔާ 75 ލާރިއަށެވެ.