ހުޅުމާލެ ފޭސް 2 ގެ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅި ހިލޭ ދޫކުރަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، (އެޗްޑީސީ) އިން ނިންމައިފިއެވެ.
މިކަމާގުޅިގެން އެޗްޑީސީ އިން ބުނެފައިވަނީ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 މަސް ދުވަހުގެ މުއްދަތަކަށާޢި މި މާރުކޭޓުން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ފޫޓުގެ 16 ގޮޅިކަމަށެވެ.
އެޗްޑީސީން ފޭސް 2ގެ ވަގުތީ ލޯކަލް މާރުކޭޓުން ކުއްޔަށް ގޮޅި ހޯދުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއްކަމުގައިވުމާއި 18 އަހަރުފުރިފައިވުން އަދި ހުޅުމާލެއަށް ރަޖިސްޓްރީވެފައިވާ ރަށްވެސަކަށްވުމެވެ.
ފޯމް ބަލައިގަތުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30އިން 11:00އަށް ހުޅުމާލެ ޣާޒީ ސުކޫލް ހޯލުގައެވެ.