ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވީ ރަސްމާލެ ތަރައްޤީކުރަނީ ތިމާވެއްޓާ ރަށްޓެހިގޮތަކަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަމަށް ބޭނުންވާ ގިނަ ދިރާސާތަކެއް ކުރަން ޖެހޭކަމަށާޢި އެހެންކަމުން މިހާރު ކުރިއަށްދަނީ މިމަސައްކަތްތައް ކުރުމަށް ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތްކަމަށެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅެވެ.