ތިލަފުށިން 30،000 އަކަފޫޓުގެ ބިމެއް ފައިބަރ މަސައްކަތް ކުރުމަށް ހަމަޖައްސައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 33ސ
ތިލަފުށިން 30،000 އަކަފޫޓުގެ ބިމެއް ފައިބަރ މަސައްކަތް ކުރުމަށް ހަމަޖައްސައިފި

ތިލަފުށިން 30،000 އަކަފޫޓުގެ ބިމެއް ފައިބަރ މަސައްކަތް ކުރުމަށް ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވީ ވިލިމާލޭގައި ފައިބަރު އޮޑިދޯނިފަހަރު މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ތިލަފުށީގެ އެތެރެފަޅުން ހިއްކާފައިވާ ސަރަހައްދުން 30،000 އަކަފޫޓުގެ ބިން ފައިބަރ މަސައްކަތް ކުރުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ.

ތިލަމާލެގެ އިރުމަތި ފަރާތުގައި ކުރަމުން ގެންދިޔަ ފައިބަރުގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމީ އެ ސަރަހައްދަކީ ގިނަ ބަޔަކު މޫދަށް އެރޭ ސަރަޙައްދަކަށް ވުމުން އާންމު ޞިއްޙަތަށް ގެއްލުންވާނެތީއެވެ.

މިއަދު އޮންލައިން