ނީލަން ފިހާރަތަކަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ނީލަން ފިހާރަތަކަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

މާލޭގައި ކުރިން ހިންގި ނީލަން ވިޔަފާރިތައް އަލުން ފެށުމަށް ހުޅުމާލެއިން ބިމެއް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ނީލަން ފިހާރަތައް ހިންގުމަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ވީ ނީލަން ފިހާރަތައް އަލުން ހުޅުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހުޅުމާލޭ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ލިބިފައިވާ ކަމަށާއި މިހާރު އިން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި ހިންގަމުންއައި ނީލަން ފިހާރަތައް އެތަނުގައި އަލިފާނުގެ ހާދިސާ ހިނގައި މުޅިތަން ބޭނުން ނުކުރެވޭ ވަރުވުމުން އެތަނުގައި ނީލަންފިހާރަ ނުހިންގޭނެ ކަމަށް ނިންމެވީ އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

މިއަދު އޮންލައިން