އާސަންދައިގެ ދަށުން ދެމަސް ތެރޭގައި 1232 މީހުން ހިލޭ މެޑިކަލް ޗެކަޕް ހައްދައިފިކަމަށް އާސަންދައޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އާސަންދަ އޮފީސހުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިދުވި 2 މަސްދުވަހު 1200 އެއްހާ މީހުންވަނީ އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހަދައިފައިއެވެ. އެއީ ޖެނުއަރީ މަހު 705 މީހުންނާއި ފެބްރުއަރީ މަހު 527 މީހުންނެވެ.
މެޑިކަލް ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ އެވެ.
އާސަންދަގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭގޮތް ހަމަޖެއްސީ މި އަހަރު ޖެނުއަރީގައި އެވެ.
އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލެވުނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އޭޕްރީލް 1 ގައި 35 އަހަރުން މަތީގެ މީހުންނާއި 19 އަހަރުން ދަށުގެ މީހުނަށް ހުޅުވާލާނެ ކަމަށް ވަނީ ބުނެފައިއެވެ.
އަދި 1 ޖުލައި އިން ހުރިހާ އުމުރުފުރާއެއްގެ މީހުނަށްވެސް ހިލޭ އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް އާސަންދަ އޮފީހުން ކުރުން ވަނީ މައުލޫމާތްދީފައިއެވެ.