ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރައްވާ ހަނޑޫ އަދި ފުށް ހޮނިހިރު ދުވަހުން ފެށިގެން ބަހާނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރައްވާ ހަނޑޫ އަދި ފުށް ހޮނިހިރު ދުވަހުން ފެށިގެން ބަހާނެ!

ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރައްވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް މިހާރު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެސްޓީއޯ އިން ބުނެފިއެވެ.   

އެސްޓީއޯ އިން ބުނެފައިވަނީ މިކަމަށް އެކަށޭނަ މުދާ މިހާރުވަނީ އެތެރެކޮށް ގުދަންކޮށް އަދި މީގެ އިތުރުން ބެހޭނޭ އިންތިޒާމުތައް  ހަމަޖައްސާފައި ކަމަށެވެ. 

އެސްޓީއޯއިން މިތަކެތި ބެހުމުގެ ކަންތައް ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމާއިއެކުގައި ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ. 

މުދާދޫކުރުން ރޭވިފަވާގޮތްތައް: 

މާލޭސަރަހައްދުގައި މުދާ ދޫކުރާނީ މާލޭސިޓީ ކައިންސިލް ބެލުމުގެ ދަށުންނެވެ. 

މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ 09 މާރިޗު 2024 އިން ފެށިގެން 16 މާރިޗް 2024 (ހަތްދުވަހުގެ ނިޔަލަށެވެ). މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެއެވެ.

ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން  ފަށާނީ 06 މާރިޗު 2024އިން ފެށިގެންނެވެ.. އަދި އެމުދާ ގޭބީސީ ތަކަށް ދޫކުރާނީ ރަށު ކައުންސިލުންނެވެ. 

ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުއެވެ. 

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.

ރޯދަމަހު މުދާ ދޫކުރުމަށެ ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ. 

މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުމަށްޓަކައި ޖުމްލަ ހަތް ތަނެއް ގާއިމް ކޮށްފައިހުންނާނެއެވެ. މިގޮތުން މާލެ ސަރަހައްދުގައި ގާއިމް ކުރެވޭ ތަންތަނަކީ: 

މާލެ: ގަލޮޅު ދަނޑު، އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް) އަދި ސޯޝަލް ސެންޓަރ އެވެ.

ވިލިމާލެ: ބިއްރި މިސްކިތް ހޯލް

ހުޅުމާލެ ފޭސް-1: އުމަރު ޒާހިރު ބިލްޑިންގ

ހުޅުމާލެ ފޭސް-2: ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ

 

 

 

 

މިއަދު އޮންލައިން