'އަންބަލަން' އަދި 'އާރޓް އޮފް މައިންޑް' އެގްޒިބިޝަން އިފްތިތާޙުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
'އަންބަލަން' އަދި 'އާރޓް އޮފް މައިންޑް' އެގްޒިބިޝަން އިފްތިތާޙުކޮށްފި

"އަންބަލަން" ޙަރަކާތާއި "އާރޓް އޮފް މައިންޑް 2024" އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

އަންބަލަން ޙަރަކާތް އިފްތިތާޙްކޮށްދެއްވުމަށްފަހު ސާޖިދާ ވަނީ އަންބަލަންގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

އަންހެނުންގެ ދުވަހާއިވެސް ގުޅުވައިގެން ކުރިއަށްގެންދާ "އަންބަލަން" ޙަރަކާތުގައި އަމިއްލަ ވިޔަފާރިކުރާ އަންހެނުން ބައިވެރިވެ އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އެކި ބަލިތަކާއި ގުޅޭ މައުލޫމާތު "އަންބަލަން" ޙަރަކާތުގެ ތެރެއިން ދެމުންގެންދާނެކަމަށްވެސް ޝީއިން ބުނެއެވެ.

މިޙަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 7 އަދި 8 މާރިޗު މި ދެދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށްކަމަށް ޝީއިން ބުނެއެވެ.

"އާރޓް އޮފް މައިންޑް 2024" އެގްޒިބިޝަނަކީ އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކުރާ ހަރަކާތެކެވެ.

މިއަދު އޮންލައިން