އެސްޓީއޯއިން ރާއްޖެއަށް ޓްރިސްޓަރ ބްރޭންޑްގެ ޕްރޮޑަކްޓްސް ތައާރަފްކޮށްފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އޮތް ރަސްމިއްޔާތެއްގައި އެމެރިކާގެ ނަން މަޝްހޫރު އަދި އިތުބާރު ހޯދާފައިވާ ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖޭގެ މާކެޓަށް ނެރެ އިފްތިތާހް ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމާއި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަ އަހްމަދު ނިއުޝާދު އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ އިތުރުން އެސްޓީއޯގެ މާލެ ސަރަހައްދުތަކުގެ ފާމަސީތަކުން ވެސް ޓްރިސްޓަރ ބްރޭންޑްގެ ވަސީލަތްތަށް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ޓްރިސްޓާ ބްރޭންޑަކީ ހޮސްޕިޓަލާއި ކުލިނިކް ތަކައް ހާއްސަ އަދި ގޭގައިވެސް ބޭނުންކުރެވޭނެެ ސިއްހީ ކަންކަން މޮނީޓަރު ކުރާ ވަސީލަތްތަކެއް ހިމެނޭ ބްރޭންޑެކެވެ.