އައިކެއަރ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރެޓިނަލް ޑިޓޭޗްމަންޓް ސާޖަރީއެއް ހަދައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 47ސ
އައިކެއަރ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރެޓިނަލް ޑިޓޭޗްމަންޓް ސާޖަރީއެއް ހަދައިފި

އައިކެއަރ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރެޓިނަލް ޑިޓޭޗްމަންޓް ސާޖަރީއެއް ހަދައިފިއެވެ.

މިކަމާގުޅިގެން އައިކެއަރ ހޮސްޕިޓަލުން ބުނެފައިވަނީ ސާޖަރީ ހަދާފައިވަނީ ޑރ. މުޙައްމަދު އައްޒާމްގެ ބެލުމުގެ ދަށުން މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ މިފަދަ ސާޖަރީއެއް ރާއްޖޭގައި ކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މިސަރޖަރީ ކާމިޔާބުކަމާއެކު ކުރެވުމަކީ ޞިއްޙީ ދާއިރާއަށާއި ރާއްޖޭގައި ލޮލަށް ދެވޭ ފަރުވާގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. 

ލޮލުގެ ފެނުމުގެ މައްސަލަ ދިމާވާތީ އައިކެއަރއަށް ދެއްކި 75 އަހަރުގެ އަންހެންމީހާގެ ފެނުން ސާޖަރީއަށްފަހު ވަރަށް ބޮޑަށް ރަނގަޅުވިކަމަށް އައިކެއަރިއިން ބުނެފައިވެއެވެ.

ރެޓިނަލް ޑިޓެޗްމެންޓް މައްސަލަ އާންމުކޮށް ދިމާވަނީ އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކާ އެކު ލޮލުގެ ރެޓިނާއަށް ކުދި ގެއްލުންތައްވެ، ފަރުވާ ނުދެވި ހުރުމުން ކަމަށާއި އޭގެ ސަބަބުން ލޮލުގެ ފެނުން ގެއްލުމަށް މަގުފަހިވާ ކަމަށް އައިކެއަރއިން ހާމަކުރެއެވެ.

 

މިއަދު އޮންލައިން