450 މީހުންގެ ޖާގައިގެ މިސްކިތެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 49ސ
450 މީހުންގެ ޖާގައިގެ މިސްކިތެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި

450 މީހުންގެ ޖާގައިގެ އާ މިސްކިތެއް ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

މަސްޖިދުލް ހުދާ ގެ ނަން ދީފައިވާ މިމިސްކިތް ރަސްމީކޮށް ހުޅުއްވައި ދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަތީފުއެވެ.

ދަޢުލަތުގެ ބަޖެޓުން 8.7 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ.

މަލެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މިމިސްކިތުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. 

މިއަދު އޮންލައިން