ބާޒާރަށްވުރެ ބޮޑުތަނުން އަގުހެޔޮކޮށް އެސްޓީއޯ އިން ލުބޯ ވިއްކަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބާޒާރަށްވުރެ ބޮޑުތަނުން އަގުހެޔޮކޮށް އެސްޓީއޯ އިން ލުބޯ ވިއްކަން ފަށައިފި

ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާގުޅިގެން, ރަމްޟާން މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް ބާޒާރަށްވުރެ ބޮޑުތަނުން ހެޔޮ އަގުގައި އެސްޓީއޯ އިން ލުނބޯ ވިއްކަން ފަށައިފިއެވެ. 

ބާޒާރުގައި މިއަދު ލިުނބޯކިލޯއެއްގެ އަގު 70 ރުފިޔާއަށް ހުރިއިރު އެސްޓީއޯ އިން ވިއްކަނީ ކިލޯއެއް 50 ރުފިޔާއަށެވެ. ބަސްތާ ގަންނަ ފަރާތްތަކަށް 25 ކިލޯގެ ބަސްތާއެއް ވިއްކަނީ 1175 ރުފިޔާއަށެވެ. 

އެސްޓީއޯ އިން ބުނެފައިވަނީ ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓަރ, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިންކަމަށެވެ.  

ރަމަޟާން މަހަށްޓަކައި އެސްޓީއޯއިން ވަނީ ފިޔާގެ އަގުވެސް ހެޔޮކޮށްފައެވެ. ބާޒާރުގައި ޢާންމުކޮށް ފިޔާ ކިލޯއެއްގެ އަގު 25، 25 އަށް ހުރިނަމަވެސް އެސްޓީއޯއިން މިހާރު ވިއްކަނީ ކިލޯއެއް 17 ރުފިޔާއަށެވެ.  ފިޔާ ބަސްތާއެއްގެ އަގުވަނީ 320 ރުފިޔާއަށް ހެޔޮކޮށްފައެވެ. 

10 ބަސްތާ ގަންނަނަމަ 310 ރުފިޔާއަށް އަދި 20 ބަސްތާ ގަންނަނަމަ ބަސްތާއެއް 300 ރުފިޔާއަށް ވިއްކައެވެ. މިއަގަކީ އެސްޓީއޯ އިން ފިޔާ ގަނެގެންވެސް ކިލޯއެއް 17 ރުފިޔާއަށް ވިއްކޭނެ އަގުތަކެއްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން