މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހުއެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އިއްވި ރަމަޟާން މަހުގެ ހަނދާ ބެހޭ ރަސްމީ ޤަރާރުގައި ވިދާޅުވީ، މިއަދު އިރުއޮއްސުމަށްފަހު ބައެއް އިސްލާމީ ގައުމުތަކަށް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީއާއި ރަމާޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

"މީލާދީ ސަނަދުން 2024 ވަނަ އަހަރުގެ މި ހިނގާ މާޗް މަހުގެ 11 ވާ ހޯމަ ދުވަހަކީ ހިޖުރީ ސަނަދުން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ"

މިއަދު އޮންލައިން