އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް 1ގައެވެ.

ހަ ބުރީގެ އުސްމިނަށް ކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ އެވެ. މިއީ ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއަރ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ. މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީ ވިދާޅުވީ، އޮޑިޓް އޮފީހަށް 75 އަހަރުވެގެންދިޔައިރު އެއޮފީހަށް ޚާއްސަ ޢިމާރާތެއް ނެތްކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ދައުލަތުގެ އެކި ޢިމާރާތްތަކުގައި އޮޑިޓް އޮފީސް ހިންގާފައިވާއިރު މިހާރު އެ އޮފީސް ހިންގަމުންދަނީ އަމިއްލަ ފަރާތެއްގެ ޢިމާރާތެއްގައިކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. މީގެ ސަބަބުން ދައުލަތުގެ ޚަރަދު ބޮޑުވާކަން ފާހަގަކުރައްވާ ނިޔާޒީ ވިދާޅުވީ އައު ޢިމާރާތާއެކު އެ ޚަރަދުވެސް ކުޑަކުރެވޭނެކަމަށެވެ.

 

މިއަދު އޮންލައިން