ކޮށާރުން!: ކޮލޮސްޓްރޯލް ހުރޭތޯ؟ މި ބުއިން ތަޖުރިބާކޮށްލައްވާ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮށާރުން!: ކޮލޮސްޓްރޯލް ހުރޭތޯ؟ މި ބުއިން ތަޖުރިބާކޮށްލައްވާ!

އެއްވެސް ބައްޔަކަށް މާގިނަ ދުވަހު ބޭސްކާނަމަ ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. ކޮލޮސްޓްރޯލް މަތިވުމަކީވެސް ދިގު މުއްދަތަށް ބޭސްކާން ޖެހޭ ކަމެކެވެ. އެހެންކަމުން ދިގުމުއްދަތަކަށް ބޭސްކާން ޖެހުމުން ލިބޭ ގެއްލުންތައް ލިބޭކަމެކެވެ. 

މިއަދު މިބުނެދެނީ ކޮލޮސްޓްރޯލް ބައްޔަށް ދިގުމުއްދަތަކަށް ބޭސްކެއުން ހުއްޓާލެވިދާނެ ރިސިޕީއެވެ. 

ބޭނުންވާ ތަކެތި: 

2 ލޮނުމިދު

1 ރަތް އާފަލު

500 އެމްއެލްފެން 

ތައްޔާރުކުރާނެ ގޮތް: 

ފުރަތަމަ ލޮނުމިދު ވަރަށް ކުދިކޮށް ކޮށާލާށެވެ. ދެން އާފަލުގެ އޮށާއި އތެރޭ ހަރުބައި ނަގައި ބުރިބުރިބުރިކޮށްލާށެވެ. އެއަށްފަހު ފެންއަޅައި 10 މިނިޓްވަންދެން އާދައިގެ ކެއކުމެއްވަރަށް ގަަދ އަލިފާނުގައި ކައްކާފައި މަތިޖަހައި ހިހޫވަންދެން ބަހައްޓާށެވެ.

މިކްސަރަކަށް އަޅައި ގިރައިލާށެވެ. ލޮނުމިދު ރަހަ ހުރުމުން ބޯން އުނދަގޫނަމަ އަސްލު މާމުއި ސަމުސަލެއް އަޅައި އެއްކޮށްލާށެވެ. ދުވާލަކު މަދުވެގެން 200 އެމްއެލް ބޯށެވެ. މިބުއިމަކީ ހަމައެކަނި ކޮލޮސްޓްރޯލް މަދުކުރަން އެހީތެރިވެދޭނެ ބުއިމެއް ނޫނެވެ. ލޭހިނގުމާއި އެހެންވެސް ގިނަ ކަންތައްތަކަށް ފައިދާކުރާނެ ބުއިމެކެވެ. އިން ޝާ ﷲ 

- މިއީ ކުރިންވެސް ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާ ބުއިމެކެވެ. ރަމަޟާން މަހަކީ ހަށިގަނޑަށް ފައިދާކުރާނެ ކެއުމާއި ބުއިން އިތުރަށް ބޭނުންވާނެ މަހަކަށްވުމުން ހަނދުމަފުޅު އައުކޮށްލައިދިނުމެކެވެ.

 

 

މިއަދު އޮންލައިން