15 މިލިއަން ރުފިޔާގެ ސްކީމެއް ދަނޑުވެރިންނަށް ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
15 މިލިއަން ރުފިޔާގެ ސްކީމެއް ދަނޑުވެރިންނަށް ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމައިފި

15 މިލިއަން ރުފިޔާގެ ސްކީމެއް ދަނޑުވެރިންނަށް ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ހަފްލާގައި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި މާލީ ވުޒާރާއާއި އެސް.ޑީ.އެފް.ސީންނެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓު މިނިސްޓަރ ޙުސައިން ޝާމް އާދަމެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އެ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މަރިޔަމް ވިޝާމާ އަޙްމަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެސްޑީއެފްސީން ސޮއިކުރެއްވީ އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީއެވެ.

މި ހަފްލާގައި މިނިސްޓަރ މަރިޔަމް ވިޝާމާ އަޙްމަދު ވިދާޅުވީ އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށްގެންދާ މި ސްކީމް އަމާޒުކޮށްފައިވަނީ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ.

މި އެއްބަސްވުމަކީ އިފާޑާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' މެފްގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، 15188700 (ފަނަރަ މިލިއަން އެއްސަތޭކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެކެވެ.

 

މިއަދު އޮންލައިން