ﷲ ގެ ޢަދާވާތްތެރިންގެ ކަސްތޮޅުން 2 ޝައިޚުން ސަލާމަތްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ﷲ ގެ ޢަދާވާތްތެރިންގެ ކަސްތޮޅުން 2 ޝައިޚުން ސަލާމަތްވެއްޖެ!

ނިމިގެންދިއަ ﷲ ތަޢާލާ އާއި ޢަދާވާތްތެރިކަން ފައުޅުކުރަމުން އައި ސަރުކާރުން ކަސްތޮލޫ އެޅުވި 2 ޝައިޚުން ކަމުގައިވާ ޝައިޚް އާދަމް ނިޝާން އާއި ޝައިޚް ފަޒްލޫން ކަސްތޮޅުން ސަލާމަތްވެއްޖެއެވެ. 

ޝައިޚް އިމްރާންގެ ބެލުމުގެ ދަށުގައި ތިބި ފުލުހުންގެ އިތުރުން ޝައިޚް އިމްރާންގެ ބެލުމުގެ ދަށުން އިސްލާމީ މިނިސްޓްރީގެ ނަމުގައި ހިންގި މިނިސްޓްރީގައި ތިބި ޝައިޚް އިމްރާނުގެ ކޮމާންޑޯއިން އެކަމަށް ބޭނުންވިވަރުން ނުނިދައި ހޭލައި ތިބެގެން ރޭގަނޑު މެނަދަމު އެޅުވި ކަސްތޮޅުން 2 ޝައިޚުން ސަލާމަތްވެލެއްވީ ޝައުބާން މަހުގެ ފަހު ދުވަހުއެވެ. ކަސްތޮޅުން ނެއްޓެވުމާއިއެކު 2 ޝައިޚުންވެސް ވަނީ ﷲ ތަޢާލާގެ މަގަށް ނަޞްރުދޭން ކުރިންސުރެ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކަށް އެނބުރި ރުޖޫޢަވެވަޑައިގެންފައެވެ.

އިއްޔެގެ ޢަޞްރު އިމާމުވެކުރައްވައި އަދި ނަމާދަށްފަހު އާސަހާ މިސްކިތުގައި ދަރުސް ދެއްވީ ޝައިޚް އާދަމް ނިޝާން ޢަލީ އެވެ. 

ދުޢާއަކި 2 ޝައިޚުން ކަސްތޮޅު އެޅުވި ރައީސް އިބްރާހީމް އާއި ޝައިޚް އިމްރާން އިނބަ ﷲ ގތެ ކަސްތޮޅުގައި ދާއިމަށް ލަހައްޓަވައިދެއްވަވައި އިސްލާމް ދީނަށް ނަޞްރުދޭން މަސައްކަތްކުރުނު ހުއްޓުވުމުގެ އެއްވެސް ބާރެއް އަނިޔާވެރިންނަށް ނުދެއްވެވުމެވެ. އާމީން

 

މިއަދު އޮންލައިން