850،000 ރުފިޔާ ދެއްކުމަށް މެންބަރު އިސްމާއީލް އަހްމަދުގެ މައްޗަށް ހުކުމްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
850،000 ރުފިޔާ ދެއްކުމަށް މެންބަރު އިސްމާއީލް އަހްމަދުގެ މައްޗަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު މީހަކަށް ދޭންޖެހިފައި އޮތް އަށްލައްކައަށް ވުރެ ގިނަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ 15 ދުވަހުގެ ތެރޭގައި އެ ދަރަނި ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މިދިޔަ މަހުގެ 29ގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ މެންބަރު އިސްމާޢީލްގެ މައްޗަށް ދަރަންޏެއް ސާބިތުވީ، ތ.އަތޮޅު ކަނޑޫދޫ ސްކޫލުގައި ތިން ކްލާސް ރޫމްގެ ޢިމާރާތެއް އެޅުމުގެ މަޝްރޫޢު، އޭނާގެ ކުންފުންޏަކުން ނަގައިި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި މޫސާ ހަލީލް ކިޔާ މީހަކަށް ފައިސާ ދައްކާފައި ނުވާތީއެވެ. އެގޮތުން އެކުންފުންޏަށް މަސައްކަތް ހަވާލުކުރީ 1.28 މިލިއަން ރުފިޔާއަށްނަމަވެސް މަސައްކަތްކުރި މިހާއަށް 425،000 ރުފިޔާ ދިނުމަށް ފަހު ބާކީ ފައިސާ ދީފައި ނުވާކަމަށެވެ. އަދި އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި 856،830.19 ރުފިޔާގެ ދަރަނި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން އިސްމާޢީލް އަޙްމަދުގެ މައްޗަށް ޢަމުރުކުރާކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އިސްމާއީލް ފައިސާ ދައްކަވަމުން ނުގެންދަވާތީ ހަލީލްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އިސްމާއީލްގެ މައްޗަށް ހުކުމްކޮށްފަ އެވެ. ހައިކޯޓުން އިސްމާއީލަށް ހުކުމްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ 29 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އިސްމާއީލް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ.

ސިވިލް ކޯޓާއި ހައިކޯޓުން ވެސް މައްސަލަ ނިންމާފައިވަނީ އިސްމާއީލްގެ ޣައިރު ހާޒިރު ގައެވެ. 

މިއަދު އޮންލައިން