ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރައްވާ ކާޑުގެ ބާވަތްތައް ރޯދަމަހު ރޭގަނޑު ބަހާގޮތަށް ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މިކަމާގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ ރަދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ކާޑު ދޫކުރަމުން އައީ ހެނދުނު 9:30 އިން މެންދުރު 13:00 އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށެވެ. ނަމަވެސް މިހާރު ކާޑުގެ ބާވަތްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:00 އިން 12:00 އަށް ކަމަށެވެ.
ކާޑު ބަހާ ވަގުތުތަކަށް ބަދަލު ގެނެސްފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކާޑުގެ ބާވަތްތައް ބަލާ ދިއުމަށް ރައްޔިތުންނަށް އުނދަގޫވާތީކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައިވަނީ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށެވެ.