އިހަވަންދިއްޕޮޅުގެ ބަންކަރިން މަޝްރޫއު ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި ވިޓޯލްއާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އިހަވަންދިއްޕޮޅުގެ ބަންކަރިން މަޝްރޫއު ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި ވިޓޯލްއާ ހަވާލުކޮށްފި

އިހަވަންދިއްޕޮޅުގެ ބަންކަރިން މަޝްރޫއު ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވީ ބަންކަރިން މަޝްރޫއުގެ ޓެންޑާ ކާމިޔާބުކުރި ކަމަށްޓަކައި ވިޓޯލްއަށް މަރުހަބާ ވިދާޅުވާކަމަށާއި އަދި ހަކަތަ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުންޏާ އެކު މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދަކީ ބަންކަރިންއަށް އެންމެ ރަނގަޅު ސަރަހައްދު ކަމަށެވެ.

ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއިކުރި ޓާރމް ޝީޓަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ސޮއިކުރެވޭ ޓާރމް ޝީޓެކެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެއެވެ. 

މިއަދު އޮންލައިން