ކޮށާރުން: ބަށިބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ 2 ރިސިޕީ- ސަރުބީ ވިރުވައިދޭނެ-

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
ކޮށާރުން: ބަށިބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ 2 ރިސިޕީ- ސަރުބީ ވިރުވައިދޭނެ-

ފުރަތަމަ ރިސިޕި: 

ބޭނުންވާ ތަކެތި:

ހެޔޮވަރުގެ ބައްޓެއް

ރަތް އާފަލެއް

1 ލެމަން 

ތައްޔާރުކުރާނެ ގޮތް: 

ބައްޓާއި އާފަލު މަށާލުމަށްފަހު ގާނައިލާށެވެ. އެއިގެ ތެރެއަށް ލެމަންގެ ހުތް ފެލައިލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ! ބަށި ހުހަށް ކާން އުނދަގޫނަމަ ބޭނުން ގޮތަކަށް ރޯފިލުވައިލާށެވެ! އެކަމަކު ރޯފިލުވުމަކީ ފައިދާއިން އުނިޔާކަމެކެވެ. 

ބޭނުންކުރާނެ ގޮތް: 

އެތިކޮޅު 3 ބައަށް ބަހައިލާށެވެ! ކެއުމުގެ ކުރިން ބައެއް ކައިލާށެވެ! 

ބަށި ބޭނުންކޮށްގެން ބުއިމެއްވެސް ތައްޔާރުކުރެވިދާނެއެވެ. 

ބޭނުންވާތަކެތި:

1 ބަށި

1 ލެމަން 

ތައްޔާރުކުރާނެ ގޮތް: 

ބަށިކޮށައިލާފައި ޖަގަކަށް އަޅައިލާށެވެ. އެއިގެ ތެރެއަށް ލެމަންގެ ހުތްވެސް އަޅައިލާށެވެ. ދެން ބައިލިޓަރު ހޫނުފެން އަޅައި މަތިޖަހައި ބަންދުކުރާށެވެ. 

ރަނގަޅަށް ހިހޫވަންދެން ބަހައްޓާފައި ފެންފޮދު ފުރާނައިލާށެވެ! 

ބޭނުންކުރާނެ ގޮތް: 

ފެންފޮދު ދެބައަށް ބަހާލައި ކެއުމުގެ އިރުކޮޅެއް ކުރިން ބޮއިލާށެވެ! 

ވަރަށްއަވަހަށް ސަރުބީތައް ވިރެންފަށައި ހަށިގަނޑު ލުއިވާން ފަށާނެއެވެ. މަހެއްހައި ދުވަހުގެ ތެރޭގައި މަޤްޞަދު ޙާޞިލުކުރެވޭކަން ވަނީ ތަޖުރިބާއިން އެނގިފައެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން