ޑޮކްޓަރާ ދުރުގައި އުޅެ ސިއްހަތު ސަލާމަތް ކުރުމަށް ދުވާލަކު އާފަލެއް ކާލާށެވެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޑޮކްޓަރާ ދުރުގައި އުޅެ ސިއްހަތު ސަލާމަތް ކުރުމަށް ދުވާލަކު އާފަލެއް ކާލާށެވެ!

އާދަވެގެން އާފަލު ކާނަމަ އޭގެ ސަބަބުން ހަށިގަނޑުގެ ވަރަށް ގިނަ އުނދަގޫތައް ފިލައިގެން ދާގޮތް ވެއެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކައިދޭ ގޮތުގައި ދުވާލަކު އާފަލެއް ކާނަމަ އާއްމުކޮށް ކުދިކުދި ބަލިތައް ޖެހުން ދުރުވާނެއެވެ. އަދި އާފަލުގައި އެކުލެވިފައިވާ ކުރިން ބުނި މެލިކް އެސިޑްގެ ސަބަބުން ސިކުނޑިއަށާއި ފުރަމެޔަށް އިތުރު ފައިދާތަކެއް ލިބިދެއެވެ. ބަނޑުހިކުނަނުދީ ހަޖަމް ރަނގަޅުކޮށް ދިނުމަށް އެހީތެރިވެދެއެވެ.

އާފަލުގައި ގިނަ އަދަދަކަށް އެކުލެވޭ އަޔަން ނުވަތަ ދަގަނޑުގެ މާއްދާއާއި، އާސަނިކްއާއި، ފޮސްފަރަސްގެ ސަބަބުން ހަށިގަނޑުން ލޭ މަދުވުން ދުރުކޮށްދެއެވެ. އަދި އެނީމިޔާ ހުންނަ މީހުންނަށް އާފަލަކީ ވަރަށް ބޭނުންހުރި ފައިދާކުރުވަނިވި މޭވާއެކެވެ.

ބަނޑުހިކުމާއި، ބޭރަށްހިންގުމަކީ ނުހަނު ބޮޑު ތަފާތު ދެކަން ކަމުގައި ވިޔަސް މިދެކަމަށްވެސް އާފަލަކީ، ރަނގަޅު ފަރުވާއެކެވެ. ބަނޑު ހިކޭނަމަ ކާންދޭނީ ރޯ އާފަލެވެ.

ބޭރަށްހިންގާނަމަ ފިހެގެން ނޫނީ ކައްކައިގެން އާފަލު ބޭނުން ކުރާށެވެ. ދިރާސާތަކުންނާއި ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ބޭރަށް ހިންގާނަމަ އާފަލަކީ ރަނގަޅު މޭވާއެއް ނޫނެވެ. އެކަން ވާ ގޮތަކީ އާފަލުގައި ހުންނަ ސެލިއުލަސް ގެ ސަބަބުންނެވެ. ފިހެގެން ނުވަތަ ކައްކައިގެން އާފަލު ބޭނުން ކުރުމަށް އިސްކަން ދޭންވީ މިހެންވެއެވެ. ސަބަބަކީ އާފަލު ކެއްކުމުން ނުވަތަ ފިހުމުން އެކުލެވިފައިވާ ސެލިއުލަސް މަދުކޮށްދޭތީއެވެ. އެހެންކަމުން ކައްކާފައި ނުވަތަ ފިހެފައި ހުންނަ އާފަލު ކާނަމަ ބޭރަށް ހިންގުން ރަނގަޅުކޮށްދެއެވެ.

ބަނޑުގެ އާދައިގެ އުނދަގޫތަކަށްވެސް އާފަލަކީ ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. ބަނޑުގެތެރޭގައިވާ ހަޖަމްކޮށްދިނުމަށް އެހީވެދޭ އެކިއެކި ދިޔަވަރުތަކުގެ މަސައްކަތް ހަލުވިކޮށްދެއެވެ. އެހެންކަމުން ހަޖަމުކުރުމުގެ މައްސަލަ ދިމާވެ ބަނޑަށް އުނދަގޫވާނަމަ އާފަލަކީ އެންމެ އެކަށީގެންވާ ފަރުވާއެވެ.

ބޮލުގައި ރިހުމަކީ ވަރަށް އާންމު ކަމަކަށްވާއިރު އާފަލަކީ ބޮލުގެ މިފަދަ ރިހުންތައް ރަނގަޅުކުރުމަށް ބޭނުންކުރަން ރަނގަޅު މޭވައެކެވެ.

ހިތުގެ އެކިއެކި ބަލިބަލީގެ މީހުންނަށް އާފަލަކީ ވަރަށް ފައިދާހުރި މޭވައެކެވެ. ޕޮޓޭސިއަމް އާއި ފޮސްފަރެސް ނުހަނު ގިނައިން  އާފަލުގައި އެކުލެވިފައި ވާއިރު ސޯޑިއަމް އެކުލެވިފައި ވަނީ ނުހަނު މަދު މިންވަރަކަށެވެ.

ކިޑްނީގައި ހިލައުފެދުން: ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރި ވުމަށްޓަކާ އާފަލަކީ ވަރަށް ރަނގަޅު އެހީތެރިއެކެވެ.

އަނގަޔާއި ދަތުގެ އެކިއެކި އުނދަގޫ: އާފަލަކީ، އަނގަ ސާފުކޮށްދޭ މޭވާއެކެވެ. އާދަވެގެން އާފަލު ކެއުމަކީ ދަތްފަނިކެއުންމުން ރައްކާތެރި ކޮށްދޭ ކަމެކެވެ. އަދި އެހެން ބާވަތްބާވަތުގެ މޭވާޔާ ޚިލާފަށް ދަތް ސާފުކޮށްދޭ ހާއްސަ މާއްދާއެއް އާފަލުގައި އެކުލެވިގެން ވެއެވެ.

އާފަލަކީ ބަލިބަލިން ދިފާއުކުރުމުގެ ބާރު ހަށިގަނޑުގައި އުފައްދައިދޭ އަދި ޖިސްމާނީ އެހެންވެސް ގިނަ ފައިދާތަކެއް ލިބިދޭ މޭވާއެކެވެ. ހަށިގަނޑުގައި ހަކަތަ އުފައްދައިދިނުމާއި، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކޮށްދިނުމާއި، މިއީ، ކުޑަކުދީންގެ ހަށިގަނޑު ބޮޑުކޮށްދިނުމަށް އެހީވެދޭ ކާނާއެކެވެ.

މިއަދު އޮންލައިން