މިއީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ފިރިހެނުންނަށްވުރެ ބޮޑަށް ފެންމަދުވުމުގެ މައްސަލަ ދިމާވެގެން އުޅޭތަން ފެންނަނީ އަންހެނުންނެވެ. އެކަމަކު މިއީ ވަކި ޖިންސަކަށް ހާއްސަކޮށް ބޮޑުވަރުވާ ކަމެއް ނޫނެވެ. އަދި މި ފެންމަދުވުމުން ރައްކާތެރިވުމަކީ އެހާ ދަތި އުނދަގުކަމެއްްވެސް ނޫނެވެ.
ޑީހައިޑްރޭޝަންގެ އަލާމާތްތައް
ބޯއެނބުރުން ނުވަތަ ބޮލަށް ފިނިވެ ލުއިވެފައި ހުރުން
ބޮލުގައިރިހުން.
ވަރުބަލިވުން
އަނގައާއި ތުންފަތާއި ލޯ ހިކިފައި ހުރުން
ކުޑަކަމުދެވޭ މިންވަރު މަދުވުން ނުވަތަ ދާއިރު ތިކިތަކެއްހެން މަދުން ދެވުން.
ކުޑަކަމުދާއިރު އޮލަކޮށް ނުވަތަ ކުލަގަދަކޮށް ހުރުން، ވަސްގަދަކޮށް ހުރުންް
ބޮޑުކަމުދާން ދަތިވުން. އަދި ދެވޭއިރު އުނދަގޫކޮށް ދެވުން
ޑީހައިޑްރޭޝަންގެ އަލާމާތްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ އެއޮތީ ހަށިގަނޑުން ފެންމަދުވާކަން ފާހަގަ ވެފައެވެ. ދިޔާތަކެއްޗާއި ފެން ބުއިމުން މި ދަތި މައްސަލައަށް ވަރަށް ފަސޭހަ ހައްލެއް ވެސް ލިބޭނެއެވެ.
ފެނާއި ތާޒާ މޭވާގެ ބުއިން، ނޫނީ އެހެންވެސް ބުއިމަކުން އެތެރެހަށި ފިނިކޮށް ހަމަޖައްސާލުމަކީ މި ފެންމަދުވުމުގެ މައްސަލައަށް އޮތް ނުހަނު ލުއި އަދި ފަސޭހަ ހައްލެކެވެ. ދިޔާތަކެއްޗާއި ފެން ގިނަގައިން ބުއިމަކީ އެންމެ ރަނގަޅު އަދި މޮޅު ފަރުވާއެވެ. އަދި މިއީ ރޯދައަށް ހުރުމުން ދިމާވާ ފެންމަދުވުމަށްވެސް ދެވޭ ފަރުވާއެވެ.
ހަށިގަނޑުގައި ފެން އިތުރުކުރުމަށް މަސައްކަތް ކުރުން ނޫން މާބޮޑު ހައްލެއް ނުވަތަ ބޭސް ފަރުވާތަކެއް ޑީހައިޑްރޭޓްވުމަކަށް ނެތެވެ. ފެން ގިނަ ކާނާ ކެއުމަށްވެސް ސަމާލުވާން ޖެހޭނެއެވެ. އެގޮތުން މޭވާއާއި ތަރުކާރީފަދަ ތަކެތީގެ ތެރެއިން ފެންގިނަ ބާވަތްތަކަށް ސަމާލުކަން ދޭން ވާނެއެވެ. އެގޮތުން
ސްޓްރޯބެރީ އާއި ކަރާގެ91 އިންސައްތައަކީ ފެނެވެ.
ލެޓިއުސްގައި 96 އިންސައްތަ ފެން ހުރެއެވެ.
ސެލެރީގައި 95 އިންސައްތަ ފެން ހިމެނެއެވެ.
ބަނޑުގައި ވައިހެދި ބަނޑު ފުފިފައި ހުންނަ ނަމަ ބޭނުންކުރަން އެއްވަނައިގެ ބުއިމެއް
މިއީ ހަޖަމު ކުރުމުގެ މައްސަލައަށާއި ބަނޑުގައި ވައިހެދި ބަނޑު ފުފިފައި ހުރުމަށް ވަރަށްވެސް ރަނގަޅު ފަރުވާއެކެވެ.
ބަނޑުގައި ވައިހެދި، ބަނޑު ފުފިފައި ހުރުމާއި، ބަނޑުގައި ރިއްސުމާއި، ބަނޑަށް އުނދަގޫވެ މޭބޮޑުކޮށްފައިހުރުމުން ދުރުވުމަށް މިއީ ވަރަށްވެސް ކާމިޔާބު ރަނގަޅު ނަތީޖާ ފެނިފައިވާ ބުއިމެކެވެ. މީގައި ހިމެނޭ ލުނބޯ، ލޮނުމެދު މި ދެބާވަތަކީ ބަނޑުގައި ވައިހެދި، ބަނޑު ފުފިފައި ހުރުމުން ސަލާމަތް ކޮށްދޭ ދެބާވަތެވެ
ބޭނުންވާ ތަކެތި:
3 ލުނބޯ ފޮތިކޮށް ކޮށާފައި (ތޮށްޓާއެކު)
3 ލޮނުމެދު ޗަސްކޮށްފައި
ވާޖިން އޮއިލް ފުޅިއެއް 500 އެމްއެލް (މިއަށް ބޭނުންވާނީ ލުނބޯއާއި ލޮނުމެދު އަޅާފައި ހުރި ފުޅީގެ ދެބައިކުޅައެއްބަޔާ ހަމައަށް އޮއިލް އަޅަން)
(ވާޖިން އޮއިލް އަކީ އޮލިވް އޮއިލްއާ ކުޑަ ތަފާތެއް ހުންނަ ތެލެއް، އޮލިވް އޮއިލް ހުންނާނީ ވަރަށް ބޮޑަށް ފިލްޓަރ ކޮށް ފުރާނައި ސާފުކޮށްފަައެވެ، އެކްސްޓްރާ ވާޖިން އޮލިވް އޮއިލްއަކީ އޮރިޖިނަލް، ސީދާ ޒައިތޫނީގެ ތެޔޮ އެއްވެސް ފިލްޓަރކުރުމެއް ސާފުކުރުމެއް ފުރޭނުމެއް ނެތި ހުންނަ ތެލެވެ.)
ލޮނުމެދާއި ލުނބޯ ބިއްލޫރި ފުޅިއަކަށް އަޅާލާށެވެ. 5 ސައިސަމުސާ މާމުއި އެއަށް އަޅާށެވެ. ވާޖިން އޮއިލް، ލުނބޯއާއި ލޮނުމެދު އަޅާފައި ހުރި ފުޅީގެ ދެބައިކުޅަ އެއްބަޔާ ހަމައަށް އަޅާލުމަށްފަހު ރަނގަޅަށް ސަމުސަލަކުން ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އަދި މަތިބަންދުކުރުމަށްފަހު މެރިނޭޓް ވަންދެން 12 ގަޑިއިރު ބަހައްޓާށެވެ.
ދެން ކޮންމެ ދުވަހަކުވެސް ދުވާލަކު ދެފަހަރު ސަމުސަލެއް ބޭނުން ކުރާށެވެ. ރައްކާތެރި ކުރުމަށް ފުރިޖް ކުރެވިދާނެއެވެ. ނޫނީ ރޫމްޓެމެޕްރޭޗަރ ގައިވެސް ބެހެއްޓިދާނެއެވެ. ހޫނުވެއަވީގައި ނުޖެހެންޏާ ރަނގަޅުވާނެއެވެ.