މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ފަށައިފި

މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ގެ ކުޅުން ފަށައިފިއެވެ.

މިއީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އެކުވެނި އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތް ހަތަރު އުމުރުފުރާއެއްގެ ކުޅުން ހިމެނޭއިރު، އިއްޔެ ފަށާފައިވަނީ 18 އަހަރުން ދަށާއި، 13 އަހަރުން ދަށުގެ ކުޅުމެވެ. 18 އަހަރުން ދަށުގެ ފިިރިހެން ބައިގައި 14 ޓީމެއް ވާދަކުރާއިރު، މި އުމުރުފުރާގެ އަންހެން ބައިގައި ހަތް ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރުގެ ސީނިއާ ބައިގެ ޗެމްޕިއަންކަން ފިއުރީ އާއި ސްނެޕާސްއިން ހޯދިއިރު، 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޭސަސް ބީސީ އާއި ވަލްހާލާއިންނެވެ.

މިއަދު އޮންލައިން