ކުރީ ސަރުކާރުން ފައިސާ ނެތި މަޝްރޫޢުތައް ފެއްޓީ ސިޔާސީ ބޭނުމަކަށް: އެމް.ޓީ.ސީ.ސީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 49ސ
ކުރީ ސަރުކާރުން ފައިސާ ނެތި މަޝްރޫޢުތައް ފެއްޓީ ސިޔާސީ ބޭނުމަކަށް: އެމް.ޓީ.ސީ.ސީ

ކުރީ ސަރުކާރުން ފައިސާ ނެތި މަޝްރޫޢުތައް ފެއްޓީ ސިޔާސީ ބޭނުމަކަށް ކަމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ޢަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްޤީއަށް ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއްހެން މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވުމާއި ގުޅިގެން ޒިޔާދު ވިދާޅުވީ، ކުރީ ސަރުކާރުން ރަށްރަށުގައި މަޝްރޫޢުތައް ފެއްޓެވީ ހަމައެކަނި ސިޔާސީ މަންފާއަށްކަމަށާއި އަދި މަޝްރޫޢުތަކަށް ސަޕްލައިކުރާ ކުންފުނިތަކުން އެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ސަޕްލައިކުރުވީ ކްރެޑިޓަށްކަމަށެވެ.

ފައިސާ ދޭނެ ޕްލޭނެއްވެސް ނެތްއިރު ތެޔޮވެސް އެޅުވީ ކްރެޑިޓަށްކަން ފާހަގަކުރައްވާ ޒިޔާދު ވަނީ އެމް.ޓީ.ސީ.ސީއަށް އެ ހާލު ޖެއްސީ ކުރީގެ ރައީސް ޞާލިޙު ކަމަށެވެ.

ބިލިއަނެއްހާ ރުފިޔާ ކުރީގެ މެނޭޖްމެންޓުން އޮތީ ނުދައްކާކަމަށް ޒިޔާދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން