1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ޟުޙާ ނަމާދުގެ ވަޤުތަކީ ކޮބާ؟
އެހީ: ޟުޙާ ނަމާދުގެ ވަޤުތު ފެށެނީ އިރު ލޮންސިއެއްގެ ބޮޑުމިނަށް އެރުމުންނެވެ. އެއީ ގާތްގަނޑަކަށް އިރު އަރައި 15 ވަރަކަށް މިނިޓެވެ. މެންދުރު ނަމާދަށް ބަންގިގޮވަން (މެންދުރުނަމާދުގެ ވަޤުތުވާން) 10 ވަރަކަށް މިނިޓަށް ގާތްވަންދެން ނަމާދުގެ ވަޤުތު ދެމިގެންދެއެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.