ހައުސިންގ ކޮމިޓީއަށް މެމްބަރުން އައްޔަންކޮށް, ފުރަތަމަ ބައްދަލުވުން ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ހައުސިންގ ކޮމިޓީއަށް މެމްބަރުން އައްޔަންކޮށް, ފުރަތަމަ ބައްދަލުވުން ބާއްވައިފި

"ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމާއި ގުޅިގެން ބޭނުންވާ ލަފާ ދިނުމަށް އުފެއްދި "ހައުސިންގ ކޮމިޓީ" އަށް މެމްބަރުން އައްޔަންކޮށްފިއެވެ.

ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށްގެންދިޔުމަށް ހައުސިންގ ކޮމިޓީ އުފެއްދީ މިދިޔަ ފެބްރުއަރީމަހުކަމަށެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މ.ލޮނުވެލި، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު، ހ.ހަބަރުގެ، އާމިނަތު އީނާސް، ގ.ވިޔަވަތި، އަޙްމަދު ޢަލި މަނިކު، މ. ދޫނިހުރާ، ޢަބްދުލްޢަޒީޒު ޔޫސުފް، މ.ޒޭވަރު، މަރިޔަމް ފިޒާނާ ރަޝީދު އެވެ.

މިކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބުރާސްފަތިދުވަހު ވަނީ ބާއްވާފައިވާއިރު ކޮމިޓީގެ ޗެއަރއެއްގެ ގޮތުގައި ޢައްޔަންކުރައްވާފައިވަނީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. 

މިއަދު އޮންލައިން