ބިސް ވިއްކުމާއި ގެންގުޅުމުގައި އަދި ރައްކާކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮއްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބިސް ވިއްކުމާއި ގެންގުޅުމުގައި އަދި ރައްކާކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮއްފި

ބިސް ވިއްކުމާއި ގެންގުޅުމުގައި އަދި ރައްކާކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އިލްތިމާސްކޮއްފިއެވެ.

މިކަމާގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅު ބިސް ވިއްކުމާއި، ގެންގުޅުމާއި، ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމުގައި އަދި ރައްކާކުރުމުގައި ޚާއްސަ ސަމާލުކަން ދިނުމަށް އެ އޮތޯރިތީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބިސް ބޭނުންކުރާ މިވަރު އިތުރުވެފައިވާއިރު، ބިސް ގެންގުޅުމުގައި ސަމާލުވުމަށް އިސްތިމާސްކޮށްފައިވާ ކަންކަމުގެ ތެރޭގައި:

- ނަޖިސް ހަރުލާފައި ހުންނާ ބިހާއި ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން.

- ފިނިކޮށް ބަހަށްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން.

- ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމާއި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން

- ރެނދުލާފައި ހުންނަ ބިސް ނުގަތުން

- ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ގަނެ ރައްކާ ނުކުރުން

- ދޮވެގެން ބިސް ބޭނުން ނުކުރުން

- އައިސް އަލަމާރީގައި ބިސް ބަހައްޓާނަމަ، އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން ބިސް ރައްކާކުރުން.

އަދި ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމާއި،އެގޮތަށް ބޭނުންކުރާ ބިސް އައިސް އަލަމާރިން ބޭރުގައި 02 ގަޑިއިރަށްވުރެ އިތުރަށް ނުބެހެއްޓުން ހިމެނެއެވެ.

މިއަދު އޮންލައިން