ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ގޮޅިތައް ޖޫރިމަނާ ކުރަން ފަށައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 56ސ
ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ގޮޅިތައް ޖޫރިމަނާ ކުރަން ފަށައިފި

ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ގޮޅިތައް މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ ކުރަން ފަށައިފިއެވެ.

މިކަމާގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިއަދު ހެނދުނު ވެސް ސިޓީ ކައުންސިލުގެ ފަރާތުން ލޯކަލް މާރުކޭޓަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަށް ބިދޭސީން ގޮޅިތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރި ދެ ތަނެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށާއި މިހާތަނަށް 9 ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.

ޤަވާއިދާ ހިލާފަށް ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރާ ގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު 2000 ރުފިޔާއިން ކަމަށާއި، އެކަން ތަކުރާރުވާނަމަ ރެޑް ނޯޓިސްއާޢި އެކު 4000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ. އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރު ވެއްޖެނަމަ ޤާނޫނުން ލިބިފައިވާ ބާރާއިއެކު ސިޓީ ކައުންސިލަށް ގޮޅި ނެގޭނެ ކަމުގައިވެއެސް އެކައުންސިލުން ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ބާޒާރު މަތީގައި މަގުމައްޗަށް ވާގޮތަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދާ މީހުން ވެސް ޖޫރިމަނާ ކުރަން ފަށައިފަ އެވެ. އެގޮތުން އެދުވަހު ޕޭމަންޓު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދިޔަ ހަތަރު މީހަކު ޖޫރިމަނާ ކުރި ކަމަށް ޝަތުފާ ވިދާޅުވި އެވެ.

މިއަދު އޮންލައިން