ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސަވައިދޭނަން: ރައީސް ޑރ.މުޢިއްޒު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސަވައިދޭނަން: ރައީސް ޑރ.މުޢިއްޒު

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ޚާއްސަ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައިސް މިހެން ވިދާޅުވީ ސްކޫލްތަކަށް ސެންޓީޗަރުން ލިބުމުގައި ހުރި ދަތިކަމާއި ސެން ޓީޗަރުންނަށް ކުރިން ދެމުންއައި އެލަވަންސް ކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުން "ރައީސްގެ ޖާވާބު" ޕްރޮގްރާމަށް މުލަކަތޮޅު މުލަކު ސްކޫލުގެ ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޢާއިޝަތު ޝައުފާ (ސޯސަންވިލާ/މ.މުލައް) ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މި ސުވާލަށް ޖަވާބުދެއްވާ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޓީޗަރުން ތަމްރީންކުރުމަކީ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއްކަމަށެވެ. ޚާއްސަކޮށް ރާއްޖެއަށް މުހިންމު ދާއިރާތަކާއި ޓީޗަރުން ލިބުމުގައި ދަތިވާ ދާއިރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެތެރެއިން ޚާއްސަ އެހީތެރިކަމަށް ބެނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން އިތުރުކުރުމުގެ މަސައްކަތަށް އިސްކަން ދީގެން ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ މެދުތެރޭގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައި. އޭގެތެއިން ސެން ޓީޗަރުންނަށް ޚާއްސަ އިސްކަމެއް ދޭނަން. އޭގެ ކުރިން، މިހާރުވެސް ސެން ޓީޗަރުން ލިބެންހުރިވަރު ބަލާ އިތުރުކޮށްދޭނަން." ރައީސް ވިދާޅުވީއެވެ.

ރައީސް ވިދާޅުވީ ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށެވެ. ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ކަނޑާލާފައިވަނީ ނިމުނު ސަރުކާރުގައި ޕޭ ފްރޭމްވަރކްއަށް ގެނައި ބަދަލުގައިކަމަށާއި، އެހެންކަމުން މި މައްސަލައަށްވެސް ޙައްލުގެނެސްދެއްވާއި، ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން